އަމުރުފުޅުތަކުގައި ޙިކުމަތް އެކުލެވޭ
1ނުލަފާ މީހުން ފައްސާނުލިޔަސް ދުވެ ފިލައެވެ. ހެޔޮ މީހުން ސިންގާއެއްހާ ހިތްވަރު ގަދައެވެ.
2ޤައުމުގައި ހަމައެއް ލަމައެއް ނެތިއްޔާ ސަރުކާރު ފަސޭހައިން ވެއްޓެއެވެ. އިލްމާއި ހުނަރާއެކު ވިސްނުންތެރިން ޤައުމަށް މަސަލަސްކަން ގެނެއެވެ.
3ފަޤީރުންނަށް ދެރަގޮތް ހަދާ ފަޤީރު މީހާ ގޮވާން ގަސްތަކުގެ މައްޗަށް ބަރުކޮށް ވެހޭ ވާރޭ ފަދައެވެ.
4ޤާނޫނަށް ތަބާނުވާ މީހުން ނުބައި މީހުންނަށް ސަނާ ކިޔައެވެ. ޤާނޫނަށް ބޯލަނބާ މީހުން ނުބައި މީހުންނާ ދެކޮޅު ހަދައެވެ.
5ނުބައިމީހުންނަކަށް އިންސާފުވެރިކަމެއް ނޭނގެއެވެ. އެކަމަކު މާތްރަސްކަލާނގެއަށް ބޯލަނބާ މީހުންނަށް އެކަންތައް ފުރިހަމައަށް އޮޅުންފިލައެވެ.
6ފަޤީރު ތެދުވެރިޔަކަށްވެ ހުރުން ކެހިވެރި މުއްސަންޖަކަށް ވުމަށް ވުރެން ހެވެއެވެ.
7މާތްރަސްކަލާނގެ ޤާނޫނަށް ބޯލަނބާ ޒުވާނުންނަކީ ބުއްދިވެރި ބައެކެވެ. ނުލަފާ މީހުންނާ ގުޅިގެން އުޅޭ ޒުވާނުންގެ ކިބައިން މައިންބަފައިންނަށް ލިބެނީ ލަދުވެތިކަމެވެ.
8ރިބާގެ ގޮތުގައި އިތުރަށް ނަގައި ތިމާ މުއްސަނދިވާ ފައިސާތައް ގެއްލި، އެފައިސާތައް އެންމެ ފަހުން ވަންނާނީ ފަޤީރުންނާ މެދު ދީލަތިކޮށް ހިތާ މީހާގެ ޖީބަށެވެ.
9އަމުރުފުޅުތަކަށް ބޯ ނުލަނބާ މީހެއްގެ ދުޢާތައް ދެކެ މާތްކަލާނގެ ނަފްރަތުވެ ވޮޑިގަންނަވައެވެ.
10ރަނގަޅު މީހުން ނުބައިމަގަށް ގެންދާމީހާ އެންމެ ފަހުން ވެއްޓޭނީ އޭނާ ކޮނުނު އަނދަވަޅަށެވެ. އެކަމަކު ތެދުވެރިންނަށް ލިބޭނީ ހެޔޮ ޖަޒާއެވެ.
11މުއްސަނދިމީހާ ހީކުރަނީ އޭނާއަކީ ނިކަން ބުއްދިވެރިއެއް ކަމަށެވެ. އެކަމަކު ވިސްނުންތެރި ފަޤީރު މީހާއަށް އެމީހުންގެ އެތެރެފުށް ސާފުކޮށް ފެނެއެވެ.
12މާތްރަސްކަލާނގެ މަގުގައި ތިބި މީހުން ކާމިޔާބު ވުމުން އެންމެން އުފާކުރެއެވެ. ނުބައިމީހުންނަށް ވެރިކަން ލިބުމުން މީހުން ފިލަން ދުވެއެވެ.
13ފާފަތައް ފޮރުވާ މީހާއަކަށް ކާމިޔާބެއް ނެތެވެ. ފާފަތަކަށް އިޢުތިރާފްވެ އެނބުރިގަންނަ މީހާއަށް ރަޙުމަތް ލައްވައެވެ.
14ނުބައިކަންތައް ކުރަން ބިރުގަންނަ މީހާއަށް ބަރަކާތް ހުއްޓެވެ. ގޮތްދޫނުކުރާ މީހާ ދާނީ މުސީބާތާ ދިމާއަށެވެ.
15ނުލަފާ ވެރިޔަކީ ސާރިދޯޅައެއް ނުވަތަ ސިންގާއެއް ފަދައިން ފަޤީރު މީހާއަށް ހުރި ނުރައްކަލެކެވެ.
16ކަންތައް ފަހުމުނުވާ ވެރިޔާ އޭނާގެ ރައްޔިތުން ފިއްތައެވެ. އެކަމަކު ކަރަޕްޝަނާ ދެކޮޅު މީހާއަށް ދިގު އުމުރެއް ލިބެއެވެ.
17މީހަކު މަރާލިމީހާ އެކޮންނަނީ އޭނާގެ އަމިއްލަ ކަށްވަޅެވެ. އޭނާއަށް ރައްކާތެރިކަން ދޭން ނޫޅޭށެވެ.
18ކުށެއްނެތް މީހާ ގެއްލުމެއް ނުލިބި ސަލާމަތްވެއެވެ. ނުބައިމީހާ ވަގުތުން ވެއްޓިދެއެވެ.
19ބުރަމަސައްކަތް ކުރާމީހާއަށް ގިނަ އަދަދެއްގެ ކާނާ ލިބެއެވެ. ހުވަފެނެއްގެ ފަހަތުން ދުވާ މީހާއަށް ލިބެންއޮތީ ހައިހޫނުކަމެވެ.
20އިތުބާރުހިފޭ މީހާއަށް މާތްރަސްކަލާނގެ ކިބަފުޅުން މަތިވެރި ބަރަކާތް ލިބެއެވެ. އަވަހަށް މުއްސަނދިވެގަންނަން އުޅޭ މީހާއަށް އޮތީ މުސީބާތެވެ.
21ހިތްއެދޭ މީހާއަށް ކަންތައް ފަހިކޮށް ދިނުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އެހެނަސް ކާއެތިކޮޅަކަށްޓަކައި ކޮންމެފަދަ ކުށެއް ކޮށްފާނެ މީހުންވެސް އުޅެއެވެ.
22ދަހި މީހުން އަވަސްގޮތަކުން މުއްސަނދިވާން އުޅެއެވެ. އެކަމަކު އެމީހުން އެދަނީ ފަޤީރު ކަމާ ދިމާއަށް ކަމެއް އެމީހުންނަކަށް ނޭނގެއެވެ.
23ފަހުވަގުތު މީހުން ބޭނުންވާނީ ތެދުވެރި ފާޑު ކިޔުމެވެ. ޚުޝާމަދު ކުރުމެއް ނޫނެވެ.
24މައިންބަފައިންގެ ތަކެތިން ވައްކަން ކުރާ މީހާ ބުނެފާނެއެވެ. ”އެއީ ދެން އެހާވަރުގެ ކަމެއްހެއްޔެވެ؟“ މިފަދަ މީހުންނަކީ ގާތިލަކަށް ވުރެން ވަކި ރަނގަޅު ބައެއް ނޫނެވެ.
25ދަހިވެތިކަން ތަޅާފޮޅުމެއްގެ ސަބަބަކަށް ވެދެއެވެ. މާތްރަސްކަލާނގެއަށް ވަކީލު ކުރުމުން ތަނަވަސްކަން ލިބެއެވެ.
26ތިމާއަށް ފެންނަގޮތް ރަނގަޅުކަމަށް ހީކުރާ މީހާއަކީ މޮޔައެކެވެ. ވިސްނުންތެރިކަމާއެކީ އުޅޭމީހާއަށް ރައްކާތެރިކަން ލިބެއެވެ.
27ފަޤީރު މީހަކަށް އެއްޗެއްދޭ މީހާއަކަށް އެއްޗެއް އުންޏެއް ނުވެއެވެ. އެކަމަކު ފަޤީރުކަމަށް ކަނުލޮލެއް ދޭ މީހާއަށް މާތްރަސްކަލާނގެ ލަޢުނަތް ލައްވައެވެ.
28ނުލަފާ މީހާ ބާރުވެރިވުމުން ދެން ތިބި މީހުން ފިލަން ދުވެއެވެ. ނުބައި މީހުންގެ ވެރިކަން ވެއްޓުމުން ތެދުވެރިންނަށް އުފާފާގަތިކަން ލިބެއެވެ.

Notes


*28:19 28‏:19 ޢިބްރާނީ ބަހުން ލިޔެ އުޅެނީ އަމިއްލަ ބިމުގައި ދަނޑު ހައްދައޭ އެވެ.